
ހުޅުމާލެ ފޭސް 1 ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ.
ހާޒިރުވާންވީ ފަރާތުގެ މައުލޫމާތު: ހުދާ، ލ. މާމެންދޫ، އަޙްމަދު ޝާޠިރު (36އ)
އައިޑީ ކާޑު ނަންބަރު: A137401
ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް
ހާޒިރުވާންވީ ތަން: ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން
ހާޒިރުވާންވީ ތާރީހު: 2026 ޖުލައި 29 ވަނަ ދުވަހުގެ 10:00 އަށް