
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ޕޮލިސް
ޖުލައި 12 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ކަސްޓަމްސް ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ވެކިއުމް ކްލީނަރއެއް. އިންސިޑެންޓް ނަންބަރު 694066
ޖުލައި 15 ވަނަ ދުވަހު ކަނބާއައިސާ ރަނި ހިނގުމުން ހޮވައިގެން ގެނެސްފައިވާ، ކުޑަކުދިން ދުއްވާ ސައިކަލެއް. އިންސިޑެންޓް ނަންބަރު 694479
ޖުލައި 17 ވަނަ ދުވަހު ޖަވާހިރުމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޮންސްޓްރަކްޝަން ބިޑިތަކެއް. އިންސިޑެންޓް ނަންބަރު 694678
ޖުލައި 20 ވަނަ ދުވަހު ފަރީދީމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 2 ފްލަޑްލައިޓް. އިންސިޑެންޓް ނަންބަރު 695195
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ގަލޮޅު ޕޮލިސް
ޖުލައި 10 ވަނަ ދުވަހު އިސްކަންދަރު މަގުން ހޮވައިގެން ގެނެސްފައިވާ ކަރަންޓު ނަރު ގޯންޏެއް. އިންސިޑެންޓް ނަންބަރު 693804
ޖުލައި 12 ވަނަ ދުވަހު ސައްޔިދުކިލެގެފާނު މަގު، ރެޑްވޭވް ކައިރިން ހޮވައިގެން ގެނެސްފައިވާ ޒިއޯމީ ބްރޭންޑުގެ، ސްމާޓް އެއަރ ޕިއުރިފަޔަރ 4 ޕްރޯ ފިލްޓަރއެއް. އިންސިޑެންޓް ނަންބަރު 694046
ޖުލައި 14 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ދުވާޓްރެކް ކައިރިން ހޮވައިގެން ގެނެސްފައިވާ 1000 ރުފިޔާ. އިންސިޑެންޓް ނަންބަރު 694440
ޖުލައި 15 ވަނަ ދުވަހު ބޮޑުރަސްގެފާނު މަގު، ފަރިވާ ފިހާރަ ކައިރިން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ލެޕްޓޮޕެއް. އިންސިޑެންޓް ނަންބަރު 694587
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ހެންވޭރު ޕޮލިސް
ޖުލައި 8 ވަނަ ދުވަހު އަލިކިލެގެފާނު މަގުން ހޮވައިގެން ގެނެސްފައިވާ 4000 ރުފިޔާ. އިންސިޑެންޓް ނަންބަރު 693603
ޖުލައި 9 ވަނަ ދުވަހު މަޖީދީމަގު، ހެންވޭރު ދަނޑު ކައިރިން ހޮވައިގެން ގެނެސްފައިވާ 2000 ރުފިޔާ. އިންސިޑެންޓް ނަންބަރު 693626
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.