
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ޕޮލިސް
ޖުލައި 12 ވަނަ ދުވަހު ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ މިސްކިތް ކައިރިން ހޮވައިގެން ގެނެސްފައިވާ ކަޓްއޮފް ވީލްތަކެއް. އިންސިޑެންޓް ނަންބަރު 695479
ޖުލައި 23 ވަނަ ދުވަހު ފުނަގޯޅިން ހޮވައިގެން ގެނެސްފައިވާ އެލްމެނިއަމް ފަތިތަކެއް. އިންސިޑެންޓް ނަންބަރު 695715
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ގަލޮޅު ޕޮލިސް
ޖުލައި 25 ވަނަ ދުވަހު ބޮޑުރަސްގެފާނު މަގުން ހޮވައިގެން ގެނެސްފައިވާ ކޮންސްޓްރަކްޝަން ބިޑި ފޮއްޓަކާއި ނަރު ބުރިކުރާ ކަތުރެއް. އިންސިޑެންޓް ނަންބަރު 695882
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ހުޅުމާލެ ފޭސް 2 ޕޮލިސް
ޖުލައި 15 ވަނަ ދުވަހު ޓެކްސީއަކުން ހޮވައިގެން ގެެނެސްފައިވާ ކަޅުކުލުގައި ވޮލެޓެއް. އިންސިޑެންޓް ނަންބަރު 695817
މި ތަކެތީގެ ވެރިފަރާތުން 9393351 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.