
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
ގަލޮޅު ޕޮލިސް
ޖުލައި 31 ވަނަ ދުވަހު ބޮޑުފުޅައްގޯޅި ބޮޑީޝޮޕް ކައިރިން ހޮވައިގެން ގެނެސްފައިވާ އަންނައުނު ފޮއްޓެއް. އިންސިޑެންޓް ނަންބަރު 696639
އޮގަސްޓު 2 ވަނަ ދުވަހު، މަޖީދީމަގު ޗާންދަނީމަގު ގުޅޭ ހިސާބުން ހޮވައިގެން ގެނެސްފައިވާ 300 ރުފިޔާ. އިންސިޑެންޓް ނަންބަރު 696986
އޮގަސްޓު 3 ވަނަ ދުވަހު، ކެނެރީމަގުގައި ޕާކުކޮށްފައިހުރި ސައިކަލެއްގެ މަތިން ފެނިފައިވާ ކެމެރާ ބެޓެރިއެއް. އިންސިޑެންޓް ނަންބަރު 697150
އޮގަސްޓު 4 ވަނަ ދުވަހު، ބޮޑުތަކުރުފާނުމަގު ދުވާޓްރެކާ ދިމާއިން ތޮށިގަނޑުމަތިން ފެނިފައިވާ އައުޓްޑޯ އިންޖީނެއްގެ ދެ ބުރަފަތި. އިންސިޑެންޓް ނަންބަރު 697286
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.