
ދަރިވަރުންގެ ފަރާތުން ފެންނަ އަހުލާގީ މައްސަލަތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމަށް މަތިވެރި ޕޮލިހާއި މަތިވެރި ސުކޫލު ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ބާއްވައިފިއެވެ.
މި ހިނގާ އޮގަސްޓް މަހުގެ 15 އިން 16 އަށް ކުރިއަށް ގެންދިޔަ މި ސެޝަންތައް ހިންގާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓުގެ އެހީތެރިކަމާއެކުގައެވެ.
މި ސެޝަންތަކުގައި މަތިވެރި ސުކޫލުގެ 34 މުވައްޒަފުންނާއި، ގުރޭޑު 8، 9 އަދި 10 ގެ 40 ދަރިވަރުންގެ އިތުރުން ގުރޭޑު 6 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ބެލެނިވެރިންގެ ތެރެއިން 40 ބެލެނިވެރިއަކު ބައިވެރިވިއެވެ. މި ޕްރޮގްރާމުގައި ޖުމުލަ 114 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އއ. މަތިވެރި ކައުންސިލުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމަކާ އެކުގައެވެ.