
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެެނެސްފައިވާ ތަކެތީގެ ތެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.
މި ތަކެތި ނައްތާލަފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުންނެވެ. އެގޮތުން 145 ފުޅި ބަނގުރަލާއި 398 ދަޅު ބިޔަރު ނައްތާލައިފައިވެއެވެ.
ނައްތާލި ތަކެއްޗަކީ 2026 ޖޫން 1 އިން އޮގަސްޓު 15ގެ ނިޔަލަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެއްޗެވެ.