
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ސެންޓަރ ފޮރ ޕަބްލިކް ސޭފްޓީ އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ކުރިއަށްގެންދާ “ސްޕީޑް ބޯޓް ޑްރައިވިންގ ކޯސް” ފަށައިފިއެވެ.
މި އޮގަސްޓު މަހުގެ 9 ވަނަ ދުވަހު ފަށައިގެން ކުރިއަށްގެންދާ މި ކޯހަކީ މެރިން ޕޮލިހުގެ މުވައްޒަފުންނާއި މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ކުރިއަށްގެންދާ ކޯހެކެވެ. މި ކޯހުގައި ފުލުހުންގެ ޚިދުމަތުގެ 15 މުވައްޒަފުން ބައިވެރިވެއެވެ.
މި ކޯހުގައި، ރައްކާތެރިކަމާއެކު ކަނޑު އުޅަނދު ދުއްވުމުގައި އަމަލުކުރާނެގޮތްތައް ދަސްކޮށްދޭނެއެވެ. އެގޮތުން ރޫލް އޮފް ރޯޑް، ނެވިގޭޝަން އެންޑް ޗާޓް ވޯކް، ބޯޓް ހޭންޑްލިންގ، ވެސަލް މެއިންޓެނެންސް، އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް، މެރިޓައިމް ސޭފްޓީ، ހޭންޑްސް އޮފް އެކްސްޕީރިއަންސް ފަދަ ބައިތައް ކިޔަވައިދޭނެއެވެ.
މި ކޯހުގެ މަގުސަދަކީ މި ޚިދުމަތުގައި ބޭނުންކުރާ ކަނޑު އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ބޭނުންވާ އިލްމާއި ހުނަރު ފޯރުކޮށްދިނުމާއި ރައްކާތެރިކަމާއެކު އުޅަނދު ދުއްވުމުގައި އަމަލުކުރަންޖެހޭ ގޮތްތައް ދަސްކޮށްދިނުމެވެ.