ހުޅުމާލޭ ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންނަށް “ކެޝުއަލްޓީ ކެއަރ ފޯރ އޮޕަރޭޝަނަލް ޕޮލިސިންގ” ޕްރޮގްރާމްގެ ދެ ވަނަ ބުރު ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމަކީ ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި، މަގުމަތީގައި ހިނގާ ހާދިސާތަކުގައި ވީހާވެސް އަވަހަށް އެޓެންޑްވެ، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަމާއެކު އެހީތެރިވާނެ ގޮތްތައް އުނގަންނައިދީފައިވެއެވެ.
ޕޮލިސް މެޑިކަލް ސާވިސަންއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި މައުލޫމާތު ހިއްސާކުރެއްވީ މެޑިކަލް ސަރވިސަސް ޑެޕިއުޓީ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. ޙަސަން އުމަރުއާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. އިބްރާހީމް ސަޢީދު އަދި ސީނިއަރ މެޑިކަލް އޮފިސަރ ޑރ. އަޙްމަދު މުޙައްމަދު ސަޢީދުއެވެ.
މި އޮގަސްޓު މަހުގެ 22 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ ދެ ވަނަ ބުރުގައި، ހުޅުމާލޭގައި މަސައްކަތްކުރާ 24 ފުލުހުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. މި އޮގަސްޓު މަހުގެ 15 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ވެސް ހުޅުމާލޭގައި މަސައްކަތްކުރާ 24 ފުލުހުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.