
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ޕޮލިސް
އޮގަސްޓު 24 ވަނަ ދުވަހު، ފަރީދީމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ސްޓަޑް ރޮޑް ތަކެއް. އިންސިޑެންޓް ނަންބަރު 700004
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ގަލޮޅު ޕޮލިސް
އޮގަސްޓު 26 ވަނަ ދުވަހު، ފަރީދީމަގު، ރަތްފުސްގެ ކައިރިން ފެނިފައިވާ އޮކްސް ބްރޭންޑުގެ އޭސީއެއް. އިންސިޑެންޓް ނަންބަރު 700248
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ހެންވޭރު ޕޮލިސް
އޮގަސްޓު 20 ވަނަ ދުވަހު، އާޓިފިޝަލް ބީޗް ކައިރިން ހޮވައިގެން ގެނެސްފައިވާ ވަން ޕްލަސް ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 699601
އޮގަސްޓު 21 ވަނަ ދުވަހު، އަމީރު އަޙްމަދު މަގު، ކުރަނގި ގޯޅި ގުޅޭ ހިސާބުން ހޮވައިގެން ގެނެސްފައިވާ ކަޅުކުލައިގެ އަތްދަބަހެއް. އިންސިޑެންޓް ނަންބަރު 699592
އޮގަސްޓު 25 ވަނަ ދުވަހު، އަމީރު އަޙްމަދު މަގު، ހޮޓެލް ޖެން ކައިރިން ހޮވައިގެން ގެނެސްފައިވާ ޕިލިޕްސް ބްރޭންޑުގެ އިއަރބަޑްއެއް. އިންސިޑެންޓް ނަންބަރު 700178
މި ތަކެތީގެ ވެރިފަރާތުން 9400053 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ހުޅުމާލެ ފޭސް 2 ޕޮލިސް
އޮގަސްޓު 13 ވަނަ ދުވަހު، ހުޅުމާލެ ފޭސް 2، ހިޔާ 2 ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ، ހިޓާޗީ ބްރޭންޑުގެ އޭސީއެއް. އިންސިޑެންޓް ނަންބަރު 698592
މި ތަކެތީގެ ވެރިފަރާތުން 9393351 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.