ތިރީގައިވާ ވީޑިއޯ އިން ފެންނަ ދެ މީހުންނަކީ ހުޅުމާލެ ފޭސް 2 ޕޮލިހުން ތަހުގީގު ކުރަމުންދާ، ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެދެމީހުންނަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ ދެމީހުންނެވެ..
ވީމާ، ވީޑިއޯއިން ފެންނަ ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.