
“ވަންޑޭ ގަވަރމެންޓް އޮފީސް ސްޓާފް ޑިވެލޮޕްމަންޓް ވޯކްޝޮޕް” ގެ ނަމުގައި، ހއ.ފިއްލަދޫ މުއައްސަސާތަކުގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ މުއައްސަސާތަކުގެ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި ފިއްލަދޫ ޕޮލިހާއި އެ ރަށު ކައުންސިލު ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
މި މަހުގެ 5 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި، އޮފީސް މާހައުލުގައި މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ޕްރޮގްރާމުގައި މުއައްސަސާތަކުން 37 މުވައްޒަފުން ބައިވެރިވިއިރު، ސެޝަންތައް ނަގައިދެއްވީ ހއ. އަތޮޅު ކޮމާންޑަރު، އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ޝިޒްލީންއާއި ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުޙައްމަދު އަސްލަމެވެ.