
ސައިބަރ ސެކިއުރިޓީ އެވެއާނަސް ސެޝަނެއް ރ. އިންނަމާދޫގައި ކުރިއަށް ގެންގޮސްފިއެވެ.
އިންނަމާދޫ ފުލުހުން މި މަހު 10 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނަކީ އިންޓަނެޓް މެދުވެރިކޮށް ހިންގާ ސްކޭމްތަކާއި ކުށްތަކުން ރައްކާތެރިވުމަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
މި ސެޝަނުގައި، އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތްތައް ދެނެގަންނާނެ ގޮތްތަކާއި، ޒާތީ މައުލޫމާތާއި ސޯޝަލް މީޑިއާ އެކައުންޓްތައް ރައްކާތެރިކުރާނެ ގޮތުގެ މައުލޫމާތު ދީފައެވެ.
އޭގެ އިތުރުން، ކުޑަކުދިން އާންމުކޮށް ކުޅޭ އޮންލައިން ގޭމްތަކާއި އިންޓަނެޓް މެދުވެރިކޮށް ހިންގާ އެކި ކަހަލަ މައްސަލަތަކުން ކުދިން ރައްކާތެރިކުރުމަށް ކުރެވޭނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި މޯބައިލް ފޯނާއި ޓެބްލެޓް ފަދަ ވަސީލަތްތައް ކުދިން ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ކަންކަން ވެސް ކިޔައިދީފައިވެއެވެ.