
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ޕޮލިސް
އޮގަސްޓު 30 ވަނަ ދުވަހު، އަލަމާގޯޅިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ބްލެކްވިއު ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 700771
ސެޕްޓެމްބަރު 9 ވަނަ ދުވަހު، ވަޅޯމަސް މާރުކޭޓު ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ޑްރޯންއެއް. އިންސިޑެންޓް ނަންބަރު 701733
ސެޕްޓެމްބަރު 9 ވަނަ ދުވަހު، މާވެޔޮ މިސްކިތް ކައިރިން ހޮވައިގެން ގެނެސްފައިވާ ކާބޯތަކެތި އަޅާފައިހުރި ފޮށިގަނޑެއް. އިންސިޑެންޓް ނަންބަރު 702055
ސެޕްޓެމްބަރު 9 ވަނަ ދުވަހު، ތީމުގެ ކައިރި އޯކިޑްމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސެމްސަންގ ބްރޭންޑުގެ މޯބައިލް ފޯނަކާއި އަތުކުރީ ގަޑިއެއް. އިންސިޑެންޓް ނަންބަރު 702040
ސެޕްޓެމްބަރު 10 ވަނަ ދުވަހު، އައިޖީއެމްއެޗް އެމެޖެންސީ ރޫމްއިން ފެނިފައިވާ ވެރިއަކުނެތް ފޮއްޓެއް. އިންސިޑެންޓް ނަންބަރު 702218
ސެޕްޓެމްބަރު 12 ވަނަ ދުވަހު، ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 702603
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ގަލޮޅު ޕޮލިސް
އޮގަސްޓު 28 ވަނަ ދުވަހު، ކޯރުކެނޑި ހިނގުން ރައިވެރި ހިނގުން ގުޅޭ ހިސާބުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ފެން މޯޓަރެއް. އިންސިޑެންޓް ނަންބަރު 700524
ސެޕްޓެމްބަރު 10 ވަނަ ދުވަހު، ޝަބްނަމް މަގު، ގަލޮޅު ދަނޑުކައިން ހޮވައިގެން ގެނެސްފައިވާ ވީވޯ ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 702069
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.