
މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ކައްދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަޒާރުމާގެ / ލ. މާވަށް، ޢަބްދުﷲ ޤާސިމް (31އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ލ. ގަން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
މި މަހު 15 ވަނަ ދުވަހުގެ ރޭ 7:13 އެހައިކަންހާއިރު ހިންގި އެ އޮޕަރޭޝަންގައި ކައްދޫ އެއާޕޯޓު ތެރެއިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެެލެވޭ 29.34 ގުރާމުގެ ތަކެތި ފެނިފައިވެއެެވެ.
މި މައްސަލައާ ގުޅިގެން ޢަބްދުﷲ ޤާސިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.