
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ޕޮލިސް
ސެޕްޓެމްބަރު 21 ވަނަ ދުވަހު، ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ލެޑް ލައިޓް. އިންސިޑެންޓް ނަންބަރު 704151
ސެޕްޓެމްބަރު 22 ވަނަ ދުވަހު، އެސްޓީއޯ ޓްރޭޑް ސެންޓަރު ކައިރިން ހޮވައިގެން ގެނެސްފައިވާ 360 ރުފިޔާ. އިންސިޑެންޓް ނަންބަރު 703800
ސެޕްޓެމްބަރު 23 ވަނަ ދުވަހު، މިރިޔާސް މަގު، ޖަވާހިރު މަގު ގުޅޭ ކަންމަތިން ހޮވައިގެން ގެނެސްފައިވާ ލެޑް ލައިޓްތަކެއް. އިންސިޑެންޓް ނަންބަރު 703901
ސެޕްޓެމްބަރު 25 ވަނަ ދުވަހު، މާވެޔޮމަގު މަޖީދީމަގު ކަންކަމަތިން ހޮވައިގެން ގެނެސްފައިވާ ކީ ޓެގްއަކާއި ރިމޯޓް ކީ އެއް. އިންސިޑެންޓް ނަންބަރު 704306
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިހަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ގަލޮޅު ޕޮލިސް
ސެޕްޓެމްބަރު 25 ވަނަ ދުވަހު، ދަނބުރުއްގޯޅިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާކަމަށް ބެލެވޭ މަކީޓާ ބްރޭންޑުގެ ދެ ބުރުމާ. އިންސިޑެންޓް ނަންބަރު 705006
އޮކްޓޫބަރު 1 ވަނަ ދުވަހު، ލޮނުޒިޔާރަތްމަގު ކޯ ހެލްތު ފާމަސީ ކައިރިން ހޮވައިގެން ގެނެސްފައިވާ، އަންނައުނު ފޮއްޓެއް. އިންސިޑެންޓް ނަންބަރު 704253
އޮކްޓޫބަރު 4 ވަނަ ދުވަހު، އަމީނީމަގު ސިނަމާލެ ހިޔާ ކައިރިން ހޮވައިގެން ގެނެސްފައިވާ 195 ރުފިޔާ. އިންސިޑެންޓް ނަންބަރު 705438
އޮކްޓޫބަރު 6 ވަނަ ދުވަހު، އަހުމަދިއްޔާ ސުކޫލު ކައިރިން ހޮވައިގެން ގެނެސްފައިވާ 60 ރުފިޔާ. އިންސިޑެންޓް ނަންބަރު 705773
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިހަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ހެންވޭރު ޕޮލިސް
އޮކްޓޫބަރު 3 ވަނަ ދުވަހު މަޖީދީމަގު އޭއެޗް ބްރަދާސް ކައިރިން ހޮވައިގެން ގެނެސްފައިވާ ސެމްސަންގ ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 704562
މި ތަކެތީގެ ވެރިފަރާތުން 9400053 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިހަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ
ހުޅުމާލެ ފޭސް 1 ޕޮލިސް
ހުޅުމާލެ ހޮސްޕިޓަލު ކައިރިން ހޮވައިގެން ގެނެސްފައިވާ، އަތުކުރީ ގަޑިއެއް. އިންސިޑެންޓް ނަންބަރު 704562
މި ތަކެތީގެ ވެރިފަރާތުން 9980062 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް 1 ޕޮލިހަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
އެއާޕޯޓް ޕޮލިސް
އޮކްޓޫބަރު 6 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް ޓާމިނަލް 2، ޕިއްޒާ ކޮމްޕެނީ ކައިރިން ހޮވައިގެން ގެނެސްފައިވާ 16030 ރުފިޔާ. އިންސިޑެންޓް ނަންބަރު 705760
މި ތަކެތީގެ ވެރިފަރާތުން 9400053 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިހަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.