
ޅ. ނައިފަރު ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.
ބަނގުރާ ނައްތާލައިފައިވަނީ ސެޕްޓެމްބަރު 28 ވަނަ ދުވަހުއެވެ. މި ތަކެއްޗަކީ 2025 ޑިސެމްބަރު 21 އިން 2026 ސެޕްޓެމްބަރު 28 ގެ ނިޔަލަށް ޅ. މަޑިވަރު އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ހިފަހައްޓައި އެމްއެންޑީއެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ. ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 64 ފުޅި ބަނގުރަލާއި، 16 ދަޅު ބިޔަރެވެ.
ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.