
އަލަށް އަމަލުކުރަން ފަށާފައިވާ އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ނަންބަރު: 16/2026) އަށް އެމްއެންޑީއެފް މުވައްޒަފުން އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަންއެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 6ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަނަކީ އެ މުވައްޒަފުން މި ގާނޫނަށް އަހުލުވެރިކުރުވައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދިޔަ ސެޝަނެކެވެ.
މި ސެޝަންގައި، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާއި އެއްގަމު އުޅަނދު ދުއްވާއިރު އިތުރަށް ސަމާލުކަންދޭންޖެހޭ ކަންތައްތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އެމްއެންޑީއެފް ގެ 78 މުވައްޒަފުން ބައިވެރިވި މި ސެޝަންގައި މައުލޫމާތު ދީފައި ވަނީ ރޯޑް ސޭފްޓީ އެވެއަރނެސް އެންޑް ޕްރިވެންޝަންގެ ފަރާތުންނެވެ.