
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުހައްމަދު ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލްލާއި އެކުންފުނީގެ ސިނިއަރ މެނޭޖްމަންޓްގެ މެމްބަރުުންނާ ބައްދަލުކުރައްވައިފިއެވެ.
އިއްޔެ އެ ކުންފުނީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވަނީ ފުލުހުންނާއި ވެމްކޯ ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ޓޯވކުރެވޭ އުޅަނދުތައް ރައްކާތެރިކަމާއެކު ނައްތާލުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި މާލެ ޕޮލިސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު އާއި ހުޅުމާލެ ޕޮލިސްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.