
ދުވާފަރުގައި ހުންނަ ރ. އަތޮޅު މަދަރުސާގެ ޓްރެފިކް މޮނީޓަރުން ތާޒާކުރުުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 17 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަނަކީ ދުވާފަރު ޕޮލިހާއި އުނގޫފާރު ޕޮލިސް އަދި އެ މަދަރުސާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
މި ސެޝަންގައި، ޓްރެފިކް ނިޝާންތައް ބޭނުންކުރާނެ ގޮތާއި، ޓްރެފިކް މޮނީޓާސް ޕްރޮގްރާމްގައި ދަރިވަރުންނަށް އުނގަންނައިދީފައިވާ ކަންކަން ހަނދާން އާކޮށްދީ، އެ ބައިތައް އިތުރަށް ތާޒާކުރުމަށް މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން، ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުން ޓީމް ބިލްޑިންގ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.