
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ޕޮލިސް
އޮކްޓޫބަރު 8ވަނަ ދުވަހު، މަޖީދީމަގު ސްޓަރ ކްލައުޑް ކައިރިން ހޮވައިގެން ގެނެސްފައިވާ 50 ރުފިޔާ. އިންސިޑެންޓް ނަންބަރު 706159
އޮކްޓޫބަރު 11ވަނަ ދުވަހު، ދަތުރުވެރިންގެ މާރުކޭޓު ކުރިމަތިން ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ބައިސްކަލެއް. އިންސިޑެންޓް ނަންބަރު 706435
އޮކްޓޫބަރު 23ވަނަ ދުވަހު، ނަސްރީނުގޯޅިން ފެނިފައިވާ، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފެންޕަމްޕެއް. އިންސިޑެންޓް ނަންބަރު 708040
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިހަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ގަލޮޅު ޕޮލިސް
އޮކްޓޫބަރު 9ވަނަ ދުވަހު، އަނޯނާގޯޅިން ފެނިފައިވާ ވެރިއަކުނެތް، އޭސީ އައުޓްޑޯ ޔުނިޓެއް. އިންސިޑެންޓް ނަންބަރު 706246
އޮކްޓޫބަރު 13ވަނަ ދުވަހު، ޝަހީދު ކުޑަނެވިތުއްތު މަނިކު ހިނގުން ރެޑްވޭވް ކައިރިން ފެނިފައިވާ ވެރިއަކުނެތް ވެހިކަލް ބެޓެރިއެއް. އިންސިޑެންޓް ނަންބަރު 706745
އޮކްޓޫބަރު 17ވަނަ ދުވަހު، ދަތުރުވެރިންގެ މާރުކޭޓު ކުރިމަތިން ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފުރޮޅުލީ ގޮނޑިއެއް. އިންސިޑެންޓް ނަންބަރު 707232
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިހަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ހެންވޭރު ޕޮލިސް
ސެޕްޓެމްބަރު 27ވަނަ ދުވަހު ހ. ބްރައިޓްވިލާ ދޮރުމަތިން ފެނިފައިވާ ވެރިއަކުނެތް، ކުޑަކުއްޖެއްގެ ބައިސްކަލެއް. އިންސިޑެންޓް ނަންބަރު 704496
އޮކްޓޫބަރު 12ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލަށް ދަތުރުކުރި ޓެކްސީއަކުން ފެނިފައިވާ ރީތިވާ ސާމާނު އަޅާފައިހުރި ކޮތަޅެއް. އިންސިޑެންޓް ނަންބަރު 706618
މި ތަކެތީގެ ވެރިފަރާތުން 9400053 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިހަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ
ވިލިމާލެ ޕޮލިސް
އޮކްޓޫބަރު 15ވަނަ ދުވަހު ވިލިމާލެ ފެރީޓާމިނަލް ފިނިމައިޒާން ކައިރިން ހޮވައިގެން ގެނެސްފައިވާ 1100 ރުފިޔާ. އިންސިޑެންޓް ނަންބަރު 796982
މި ތަކެތީގެ ވެރިފަރާތުން 9833000އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ވިލިމާލެ ޕޮލިހަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ