
ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި 51 ފުޅި ބަނގުރަލާއި، 168 ދަޅު ބިޔަރު ނައްތާލައިފިއެވެ.
އޮކްޓޫބަރު 20ވަނަ ދުވަހު ނައްތާލާފައިވަނީ މި އަހަރުގެ ޖޫން މަހުގެ 18 އިން ފެށިގެން ސެޕްޓެމްބަރު 30 ގެ ނިޔަލަށް ދާލު އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން، އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، ހުށަހެޅުނު އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެއްޗެވެ.
ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގައި މި ތަކެތި ނައްތާލާފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.