
ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕުގެ ފައިނަލް މެޗުގައި ދިވެހި ސިފައިންގެ ކުލަބު ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކުލަބުން މުބާރާތް ކާމިޔާބުކޮށްފިއެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ރޭ ކުޅުނު މެޗުގެ ސެޓުތައް، ޕޮލިސް ކުލަބުން ގެންގޮސްފައިވަނީ 11-25، 18-25 އަދި 20-25 އިންނެވެ.
މި މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ ޕޮލިސް ކުލަބުގެ އަލީ މައުރޫފް އާއި އަހްމަދު ނާފިއު އާއި އަންދްރޭ ވަސިލެންކީގެ އިތުރުން ދިވެހި ސިފައިންގެ ކުލަބުގެ އަޙްމަދު ނަބީލް އާއި އިޔާން އަލީ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ކޯޗު ނަސްރުﷲ ތޯހާއެވެ.

ގައުމީ ވޮލީބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކޮށްފައިވަނީ ގައުމީ ވޮލީބޯޅަ ލީގުގެ ގަދަ ހަތަރު ޓީމެއެވެ. އެއީ ޕޮލިސް ކުލަބުގެ އިތުރުން ލީގުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބާއި ކުލަބު އެޗްޑީސީ އަދި ކުލަބް އެމްޓީސީސީއެވެ.