
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ފުލުހުންގެ މައި އިދާރާ، ޝާހީދު ޙުސައިން އާދަމް ބިލްޑިންގ ގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ހީނާ ވަލީދުގެ އިތުރުން މިނިސްޓްރީގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. މި ވަފުދުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒާއި، ޕާމަނަންޓް ސެކްރެޓަރީ ޔާނިއު ހާޝިމާއި، އިވެންޓްސް ޑިރެކްޓަރ ޢާއިޝަތު ޙަމްލާއާއި، ސީނިއަރ އިވެންޓް ޕްލޭނަރ ޢައްބާސް މުޙައްމަދު އަދި ސީނިއަރ ޕީއާރް އޮފިސަރ މުޙައްމަދު ނަވީ ހިމެނިވަޑައިގަންނަވައެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނީ، ދިވެހި ފުލުހުންގެ ޚިދުމަތާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ. އަދި ކުރިމަގުގައި ދެ މުއައްސަސާ ގުޅިގެން ހަރަކާތްތައް ހިންގުމަށާއި، ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.