
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ޕޮލިސް
ނޮވެމްބަރު 3ވަނަ ދުވަހު، އީގަލްސް ދަނޑު ކައިރިން ހޮވައިގެން ގެނެސްފައިވާ 500 ރުފިޔާ. އިންސިޑެންޓް ނަންބަރު 709570
ނޮވެމްބަރު 1ވަނަ ދުވަހު، މަޖީދީމަގު މާފަންނު ސަހަރާ ކައިރިން ހޮވައިގެން ގެނެސްފައިވާ ވިލާ ގޭސް ފުޅިއެއް. އިންސިޑެންޓް ނަންބަރު 709343
ނޮވެމްބަރު 4ވަނަ ދުވަހު، ކާނޭޝަންމަގު، ކަށިމާގެ ކައިރިން ހޮވައިގެން ގެނެސްފައިވާ ސައިކަލު ތަޅުދަނޑިއެއް. އިންސިޑެންޓް ނަންބަރު 709585
ނޮވެމްބަރު 5ވަނަ ދުވަހު، އޯކިޑްމަގުން ހޮވައިގެން ގެނެސްފައިވާ 2 ކުލަފާޓާ. އިންސިޑެންޓް ނަންބަރު 709721
ނޮވެމްބަރު 6ވަނަ ދުވަހު، އަޅިވިލާމަގު ތަޖިން ރެސްޓޯރަންޓް ކައިރިން ހޮވައިގެން ގެނެސްފައިވާ ޕްލާސްޓިކް 2 ދޮރުކަނި. އިންސިޑެންޓް ނަންބަރު 709893
ނޮވެމްބަރު 7ވަނަ ދުވަހު، ހޮވައިގެން ގެނެސްފައިވާ 3 ޓިޖިޓަލް ޓެކްސީ ބޯޑު. އިންސިޑެންޓް ނަންބަރު 709968
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިހަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ގަލޮޅު ޕޮލިސް
އޮކްޓޫބަރު 23ވަނަ ދުވަހު، ބުރުޒުމަގު މާލެހިޔާ ކައިރިއަށް ދަތުރުކުރި ޓެކްސީއަކުން ފެނިފައިވާ ލުއިކާނާގެ ބާވަތްތައް އަޅާފައިހުރި ކޮތަޅެއް. އިންސިޑެންޓް ނަންބަރު 708096
އޮކްޓޫބަރު 29ވަނަ ދުވަހު، ފަރީދމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ މިޑިއާ ބްރޭންޑުގެ އޭސީ އައުޓްޑޯ ޔުނިޓެއް. އިންސިޑެންޓް ނަންބަރު 706745
އޮކްޓޫބަރު 29ވަނަ ދުވަހު، އިސްކަންދަރު ސުކޫލު ކައިރިން ހޮވައިގެން ގެނެސްފައިވާ ސެމްސަންގ ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 709260
އޮކްޓޫބަރު 31ވަނަ ދުވަހު، މއ. ވެނީލާގެ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ހައިސްޓަރ ބްރޭންޑުގެ އޭސީ އައުޓްޑޯ ޔުނިޓެއް. އިންސިޑެންޓް ނަންބަރު 709086
ނޮވެމްބަރު 1ވަނަ ދުވަހު، ގަލޮޅު ޕޮލިސް ކައިރިން ހޮވައިގެން ގެނެސްފައިވާ ރަން ފަށެއް. އިންސިޑެންޓް ނަންބަރު 709257
ނޮވެމްބަރު 6ވަނަ ދުވަހު، ގަލޮޅު ޕޮލިސް ކައިރިން ހޮވައިގެން ގެނެސްފައިވާ ސެމްސަންގ ބްރޭންޑުގެ ކެމެރާއަކާއި، ޕެން ޑްރައިވްއެއް. އިންސިޑެންޓް ނަންބަރު 709923
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިހަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ހެންވޭރު ޕޮލިސް
އޮކްޓޫބަރު 28ވަނަ ދުވަހު ބޮޑުތަކުރުފާނުމަގު ބީއެމްއެލް ކުރިމަތި ޕާކިންޒޯނުން ހޮވައިގެން ގެނެސްފައިވާ އެޕަލް ބްރޭންޑުގެ އިއަޕޮޑެއް. އިންސިޑެންޓް ނަންބަރު 708723
ނޮވެމްބަރު 1ވަނަ ދުވަހު ޝަހީދު ހުސައިން އާދަމް ބިލްޑިންގ ކައިރިން ހޮވައިގެން ގެނެސްފައިވާ ވަން ޕްލަސް ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 709360
ނޮވެމްބަރު 3ވަނަ ދުވަހު އާޓިފިޝަލްބީޗުން ހޮވައިގެން ގެނެސްފައިވާ 300 ރުފިޔާ. އިންސިޑެންޓް ނަންބަރު 709519
ނޮވެމްބަރު 8ވަނަ ދުވަހު ވެލާނާ ބިލްޑިންގ ޕާކިންޒޯން ކައިރިން ހޮވައިގެން ގެނެސްފައިވާ އައިޑީ ކާޑެއް. އިންސިޑެންޓް ނަންބަރު 710179
މި ތަކެތީގެ ވެރިފަރާތުން 9400053 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިހަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ
ހުޅުމާލެ ފޭސް 2 ޕޮލިސް
ނޮވެމްބަރު 9ވަނަ ދުވަހު ހިޔާ 4 ގްރައުންޑް ފްލޯއިން ހޮވައިގެން ގެނެސްފައިވާ މަސްދަޅު ކޭހެއް. އިންސިޑެންޓް ނަންބަރު 710234
މި ތަކެތީގެ ވެރިފަރާތުން 9393351 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް 2 ޕޮލިހަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.