
ހއ. މާރަންދޫ ސުކޫލު ބެލެނިވެރިން ސައިބަރ ސެކިއުރިޓީއަށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ނޮވެމްބަރު 8 ވަނަ ދުވަހު ދެ ދަންފަޅިއަކަށް ބަހާލައިގެން މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މާރަންދޫ ޕޮލިހާއި، ކައުންސިލު އަދި ސުކޫލު ގުޅިގެންނެވެ.
50 ބެލެނިވެރިން ބައިވެރިވި މި ސެޝަންތަކުގައި ޓޫފެކްޓަރ އޮތެންޓިކޭޝަންގެ ހަދާނެގޮތާއި، އެކަމުގެ ބޭނުންތެރިކަން ކިޔައިދީ އަދި އެޕްލިކޭޝަންތަކުގެ ޓޫފެކްޓަރ އޮތެންޓިކޭޝަން ހަދަން އެދުނު ބެލެނިވެރިންނަށް ފުލުހުންގެ އެހީތެރިކަމާއެކު ޓޫފެކްޓަރ އޮތެންޓިކޭޝަން ހަދައިދީފައިވެއެވެ. އަދި ދަރިންގެ ފޯނުތައް މޮނިޓަރކުރުމަށް ގޫގުލް ފެމެލީ ލިންކު ބޭނުންކުރާނެ ގޮތް ދަސްކޮށްދީފައިވެއެވެ.
އޭގެ އިތުރުން، ކުޑަކުދިން އާންމުކޮށް ކުޅޭ އޮންލައިން ގޭމުތަކާއި އިންޓަނެޓް މެދުވެރިކޮށް ހިންގާ އެކި ކަހަލަ މައްސަލަތަކުން ކުދިން ރައްކާތެރިކުރުމަށް ކުރެވޭނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި މޯބައިލް ފޯނާއި ޓެބްލެޓް ފަދަ ވަސީލަތްތައް ކުދިން ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ކަންކަން ވެސް ކިޔައިދީފައިވެއެވެ.