
ހުޅުމާލެ ފޭސް 1 ފަޅުގައި އޮތް ސަޕްލައި ދޯންޏެއްގައި ބިދޭސީންތަކެއްގެ މެދުގައި 2026 އޮކްޓޫބަރު 13ވަނަ ދުވަހު މާރާމާރީއެއް ހިންގުމަށްފަހު ފިލައިގެން އުޅޭ ބިދޭސީއެއް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ރޮކިބް ހޮސައިން (24އ) އެވެ.
ޕާސްޕޯޓް ނަންބަރު A06257399
ރޮކިބް ހޮސައިނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމަވެ.