ފޭކް ޕޭމަންޓް ސްލިޕް
ފައިސާ ދެއްކިކަމަށް ދެއްކުމަށްޓަކައި ސައްހަނޫން ޕޭމަންޓް ސްލިޕެއް ފޮނުވުން.

2026 ނޮވެމްބަރު 8 އިން 14 ގެ ނިޔަލަށް ސްކޭމާ ގުޅުންހުރި 38 މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފައިވާއިރު، އެ މައްސަލަތަކުގައި ގެއްލުނު 630,573.34 ރުފިޔާގެ ތެރެއިން 402,658.34 ރުފިޔާ އަނބުރާ ހޯދައިދީފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފާއިތުވި ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި ސްކޭމްގެ މައްސަލަތަކެވެ. އެގޮތުން ރިޕޯޓުކުރެވުނު 38 މައްސަލައިގެ ތެރޭގައި ހިނެނީ::
ސްކޭމަރުން ކޮޓަރި ބުކް ކުރުމަށްފަހު ކުއްލި ސަބަބެއް ދިމާވެއްޖެ ކަމަށް ބުނެ ބުކިންގ ކެންސަލްކޮށް، ފައިސާ އަނބުރާ ދިނުމަށް (ރީފަންޑަށް) އެދޭ މައްސަލަތައް އަދިވެސް ދަނީ ފާހަގަކުރެވެމުންނެވެ. މިފަދަ މައްސަލަތަކުގައި ސްކޭމަރުން ފޮނުވަނީ ސައްހަނޫން (ފޭކް) ޕޭމަންޓް ސްލިޕްތަކެކެވެ. ބޭންކް އެކައުންޓަށް ފައިސާ ޖަމާވިތޯ ޗެކްކުރުމެއް ނެތި ރީފަންޑް ދިނުމުގެ ސަބަބުން، އެ ފައިސާ އެކައުންޓަށް ޖަމާވެފައި ނުވާކަން އެނގެނީ މާ ފަހުންނެވެ.
އެހެންކަމުން، އެއްވެސް ފަރާތަކަށް ރީފަންޑް ދިނުމުގެ ކުރިން ބޭންކް އެކައުންޓް ނުވަތަ ބޭންކް ސްޓޭޓްމަންޓް ޗެކްކޮށް، އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ޔަގީންކުރުމަށް އިލްތިމާސްކުރަމެވެ. އަދި އެކައުންޓަށް ފައިސާ ޖަމާވެފައި ނުވާނަމަ، އެއްވެސް ހާލެއްގައި ރީފަންޑް ނުދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހަނދާންކޮށްދެމެވެ.